ގުރައިދޫ މަރުކަޒަށް ނުވެއްދުމުން އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމަށް ހުއްދަ ނުދިން ކަމަށް ބުނެ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒަށް އަރައިގަތުމުގެ މައްސަލައެއް ހުށަހަޅައިފި އެވެ.

މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށް ކުޑޫ ބޭނުންވީ އެ ތަނުގެ ރިޕޯޓެއް ހެދުމަށެވެ. އެ ތަނަށް ޒިޔާރަތް ކުރުމުގެ ހުއްދައަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެދިވަޑައިގެންފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް ހުއްދަ ދީފައި ނުވާ ކަމަށް ކުޑޫ މަޖިލީހަށް ހުށހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އިމްތިޔާޒަށް އަރައިގަތުމުގެ މައްސަލަ ކުޑޫ ހުށަހަޅުއްވާފައިވާ އިމްތިޔާޒު ކޮމިޓީއަށެވެ. އަދި އެ މައްސަލަ ކޮމިޓީން ބަލައިދިނުމަށް އެދިފައިވެ އެވެ.

އެކަމަކު ކޮމިޓީން އެ މައްސަލަ ބަލައިނުގަތުމުން ކުޑޫ މިހާރު ގެންދަވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށް ތައްޔާރުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ މެންބަރަކު ދައުލަތުގެ އިދާރާއަކަށް ޒިޔާރަތްކޮށް މައުލޫމާތަކަށް އެދިވަޑައިގެންފިނަމަ އެ މައުލޫމާތެއް އެ މެންބަރަކާ ހިއްސާކުރަންޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *