ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހް ހާމަކުރެއްވީ މިރޭ އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދލުވުމެއްގައެވެ.
އެކަމަކު ރައީސް ސޯލިހާއި އެމްޑީޕީންވެސް މިކަމުގައި އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ސޯލިހް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ އެކަން ހާމަކުރައްވާފައި މިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ އެއް ބާނީ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ދެ އަހަރު ދުރުގައި ހުންނެވުމަށްފަހު އަލުން އެމްޑީޕީއާ މާދަމާ ރޭ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާންކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކަންޏެވެ.




