ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ އެ ދެ މެންބަރުންގެ ބަދަލުގައެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖުލައި ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށެވެ.




