ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ — އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލެ އާއި އަތޮޅުތަކުގައި ހުންނަ އެ ޕާޓީގެ ހަރުގެ ތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުތަކެއް މިއަދު ބާއްވައިފި އެވެ.
ADS BY OOREDOO
މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ދިދަ ނަންގަވައިދެއްވީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ފައްޔާޒު އެވެ. ގައުމީ ދިދަ ނަންގަވައި ދެއްވީ ޝާހިދު އެވެ.
މިރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެ ޕާޓީ ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ.
އެމްޑީޕީގެ 20 އަހަރުގައި އެ ޕާޓީން ވަނީ ދެ ފަހަރަށް ސަރުކާރަކާ ހަވާލުވެ ވެރިކަންކޮށްފަ އެވެ.
އިލްކެޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 43،755 މެމްބަރުންނެވެ.




