ހާލުގައި ދިރިއުޅޭ ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ދޭން މަޝްވަރާކޮށްފި

ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ ޒަކާތު ހައުސްގެ އިސް ބޭފުޅުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު އެވެ.

މިޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލަތު ދަށް އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ޒަކާތު ހައުސް އިން ވެދެވެން ހުރި އެހީތެރިކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޒަކާތު ހައުސް އިން ދަނީ މުޖުތަމައުގައި ތިބި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ޒަކާތު ފަންޑުން ހަމަޖައްސައިދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *