މަންޑޭ ދޫކޮށްލައިފި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް — "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް — ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރުގެ ގޮތުގައި ކުރިން ހުރި ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

މަންޑޭއާ ދެކޮޅަށް ދައުލަތުން ކުރާ ދައުވަތަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވާތީ އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ މިދިޔަ ހަފުތާގަ އެވެ.

އެކަމަކު ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމެއްގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތު ކުރުމަށްފަހު މަންޑޭ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. ޝަރީއަތަށް އެއްބާރުލުން ނުދޭނަމަ އަލުން ބަންދުކުރާނެ ކަމަށްވެސް ގާޒީ އެންގެވި އެވެ.

އެތައް ބަޔަކަށް ފްލެޓް ހަދައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ މަންޑޭގެ މައްޗަށް ދައުލަތުން ޖުމްލަ 104 ދައުވާއެއް ކޮށްފައިވެ އެވެ. މީގެތެރޭގައި ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ހިމެނެ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. ކުރިން މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *