ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މި ފުރުސަތު ހުޅުވާލާފައި މިވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރު ކަމުގެ ދައުރު ފުރިހަމަވާތީ އެވެ.

މި ތިން ބޭފުޅުންވެސް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ ސެޕްޓެމްބަރު 3، 2020 ގައެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 20ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *