ފަޒީލް މަގާމުން ވަކިކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފި އެވެ.

ފަޒީލް މަގާމުން ވަކިކޮށްފައި މިވަނީ ސަސްޕެންޑް ކޮށްފައި ހުންނަތާ ހަތް މަސް ފަހުންނެވެ. ފަޒީލް ސަސްޕެންޑް ކުރީ މިދިޔަ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

ފަޒީލް ސަސްޕެންޑް ކުރީ އެޗްޑީސީ އާއި ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީ އިން ކުރިން ބުނެފައިވެ އެވެ.

ފަޒީލް ރަޝީދަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެވެ.

ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތިތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލައެއް ފަޅާއަރާފައިވާއިރު ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި ފަޒީލް ރަޝީދުވެސް ހިމެނިފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *