ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް 5 ބޭފުޅަކު ހަމަޖައްސައިފި

ސްކޫލުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު ހަމަޖައްސައިފި އެވެ.

މި ބޭފުޅުންގެ ވެރިއެއްގެ ގޮތުގައި ސްޕްރިންޓެންޑެންޓްގެ މަގާމަށް މިދިޔަ މަހު ވަނީ އިސްމާއިލް ސައުދުﷲ ހަމަޖައްސާފަ އެވެ.

ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަމަޖައްސާފައިވާ ބޭފުޅުންނަކީ ފަޒްނާ ޔޫސުފު ފާރިގާއި އަހްމަދު ފައިސަލާއި މުހައްމަދު ނަޒީމާއި އާމިނަތު ޒީނިޔާގެ އިތުރުން އަލީ މުފީދު އެވެ.

ސުޕްރިންޓެންޑެންޓުންގެ މަގާމުގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ހިމެނެނީ ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ކުރުމާއި، ގައުމީ މަންހަޖު އެކުލަވާލުމަށް ލަފާ ދިނުމާއި ބަޖެޓް ތައްޔާރު ކުރުމުގައި ބައިވެރިވުމާއި ޒޯނު އޮފީހާއި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ޔަގީންކުރުމެވެ.

މީގެއިތުރުން ސްކޫލުތަކުން މުއާމަލާތު ކުރަންޖެހޭ މީހުންނާ ރަނގަޅު ގުޅުން އޮތް ކަން ޔަގީންކުރުމާއި ޓީޗަރުންނާއި ސްކޫލުތަކަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ބެލުންވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *