ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަރަންޓީނު ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ADS BY Sosun Fihaara
މިއީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަޝްރޫއަށް ހުށަަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ ކުރިއަށް އޮތް އޮގަސްޓް 25ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގައި ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ އޮގަސްޓް 21 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީ ފީ ދައްކާ މީހުންޏަށް އެކަންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *