ގަވައިދާ ހިލާފަށް އުޅުނު 31 ބިދޭސީއަކު އަތުލައިގެންފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 31 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ މާލޭގެ ދިލްބަހާރުމަގުގައި ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން އިއްޔެ ހަވީރުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަނުން އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 31 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އިމިގްރޭޝަނުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފަ އެވެ.

ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ގިނަ ވެގެން ތިން އަހަރު ތެރޭގައި ހައްލުކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *