އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ އެ ދެ މެންބަރުންގެ ބަދަލުގައެވެ.

މެންބަރުކަމުގެ ދައުރު ހަމަވަނީ ކޮމިޝަންގެ ނައިބް ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގު އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް މިދިޔަ ޖޫން 24 ވަނަ ދުވަހުވެސް ހުޅުވާލި އެވެ. އޭރުވެސް ހުޅުވާލީ ކޮމިޝަންގެ ރައީސް އާއި މެންބަރެއްގެ ދައުރު ހަމަވާތީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *