ހުޅުމާލެ ފޭސް އެކަކުން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފި އެވެ.
ފުލުހުން ބުނީ މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ޕެޓްރޯލުކުރަމުން ދަނިކޮށް ފެނުނު ދަބަސްތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ރަށު މާރުކޭޓާ ދިމާ ތޮށިގަނޑުމަތީގައި ހުރި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައި ފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.




