2027ގެ ނިޔަލަށް ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަން އިސްލާހެއް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކުރަން ލާޒިމުކުރަން ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

ފެނާއި ނަރުދަމާގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށީ އޮގަސްޓް 5، 2020ގަ އެވެ.

ގާނޫނުގެ އަށް ވަނަ މާއްދާގައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭނެ ކަމަށެވެ.

މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތު ލަސްވެގެން 2027 ގެ ނިޔަލަށް ބަދަލުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ފެށުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *