ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް އިން ވަނީ އޭ330 ގެ ކެޕްޓަންގެ މަގާމަށް އޭޓީއާރްގެ ކެޑޭޓް ޕައިލެޓުން ހޯދަން އިއުލާނުކޮށްފަ އެވެ.
އޭ330 ގެ ކެޕްޓަންގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އައިކާއޯ އޭޓީޕީއެލް ލައިސަންސް އޮތުމާއި އެ މަރުކާގެ ފްލައިޓް އުދުހުމުގައި މަދުވެގެން 12 މަސް ދުވަހުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުންވެސް ޝަރުތުތަކެއް ހިމެނެ އެވެ.
އޭޓީއާރް ކެޑޭޓް ޕައިލެޓްގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ކޮމާޝަަލް ޕައިލެޓް ލައިސަންސް މަލްޓި އިންޖީން އިންސްޓްރުމަންޓް ރޭޓިން އޮތުން ހިމެނެ އެވެ. މީގެ އިތުރުން އޭޓީޕީއެލް(އޭ) ތިއަރީން އިން ފާސްވުމަކީވެސް ޝަރުތެކެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
ގައުމީ އެއާލައިންއަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފައިވާއިރު މި އަހަރު އިތުރު ވައިޑް ބޮޑީ ފްލައިޓެއް އެއާލައިނަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.




