މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެއްޖެ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް މިއަހަރުގެ ޖުލައި 26 ގައި 60 އަހަރު ފުރޭތީ ވީހާވެސް ކުލަގަދަކޮށް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތުން ޖުލައި 26، 27 އަދި 28 ވަނަ ދުވަހުގެ ނިޔަލަށް މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

މިނިސްޓްރީ އޮފް ދިވެހި ލަންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން މިއަދު ވަނީ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް
ޖުލައި، 26 ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު.
ޖުލައި، 26 ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ.
ޖުލައި، 27 މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި.
ޖުލައި، 27 ހަވީރު އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް، ގައުމީ ކެޑޭޓުކޯގެ ޕެރޭޑު، މާލެ އާއި ހުޅުމާލޭގައި.
ޖުލައި، 27 ރޭގަނޑު 8:30 ގައި މާލޭގެ މަގުތަކުގައި ފުޅަނދުބުރު،
ޖުލައި، 27 ރޭގަނޑު މާލެ އާއި ހުޅުމާލެ ބޮޑެތި މަގުތަކުގައި ޕެރޭޑް،
ޖުލައި، 28 ރޭގަނޑު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު.
ޖުލައި، 28 ރޭގަނޑު ހުޅުމާލެ ސެންޓްރަލް ޕާކްގައިވެސް ފުޅަނދު ބުރު.
މިނިވަން ދުވަހުގެ ހަރަކާތްތައް މިއަހަރު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށްފަހު ސަރުކާރު އޮފީސްތައް ހުޅުވާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *