ސްކޫލްތަކުގެ ފުރަތަމަ ޓާމު ޗުއްޓީ ނިންމުމަށްފަހު ދަރިވަރުންނާއި ޓީޗަރުން މިއަދު ޗުއްޓީއަށް ހިނގައްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރަށް އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ސްކޫލުތަކުގެ ކިޔެވުން ދެން ފެށޭނީ ކުރިއަށް އޮތް އޮގަސްޓް 10 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މިއަހަރު ކިޔަވާ ދަރިވަރުންގެ އަދަދު އުޅެނީ 84،000 އަށް ވުރެ މަތީގައެވެ.
ސްކޫލުތަކުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މިއަަހަރު ކިޔަވައިދެމުންދެ އެވެ.
މިއަހަރަށްފަހު އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ އެންމެ ފަހު ހަފްތާގެ ތެރޭގައެވެ.




