އެކްސިޑެންޓް ވުމުން މަޑުނުކޮށް ގޮސްފައިވާ ކާރަކުން ފޭބި ދެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ވަނީ އެ ދެ މީހުން ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލްމީޑިއާގައި އާންމުކުރުމަށްފަހު އެ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މީހުން ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ އެއްވަނަ ޓަވަރު ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމުން ކާރުގައި ތިބި ދެ މީހުން މަޑުނުކޮށް ދިޔައީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ވީޑިއޯ އިން ފެންނަ މީހުންގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.




