ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން އަތުލައިގަތީ އިއްޔެ ހަވީރު މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ފޮޅާ ސާފުކުރުމަށް ހަރަކާތްތެރިވާ ބިދޭސީ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ވަނީ ގަވައިދާ ހިލާފުވި 7،000 އެއްހާ ބިދޭސީން ރާއްޖެއިން ފޮނުވާލާފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިސަރުކާރަށް ތިން އަހަރުވާއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.




