މިނިވަން ދުވަހުގެ ބަންދުގައިވެސް ޕާސްޕޯޓްގެ ހިދުމަތްތައް ލިބޭނެ

މިނިވަން ދުވަހާ ގުޅިގެން ބަންދުކުރާ ދުވަސްތަކުގައިވެސް ޕާސްޕޯޓް ހެއްދުމާއި ދޫކުރުން ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ޖުލައި 26، 27 އަދި ޖުލައި 28 ވެސް ބަންދުވާނެ އެވެ.

އިމިގްރޭޝަން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ. ޖުލައި 26 ވަނަ ދުވަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށާއި، އަދި ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުންޏެވެ.

މިނިވަން ދުވަހާ ގުޅިގެން ބަންދުވާ ދުވަސްތަކުގައި ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅައިގެންވެސް ޕާސްޕޯޓް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ ޖުލައި 27 އަދި 28 ވަނަ ދުވަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް ކަމަށާއި، ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *