ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ ބައެއް އޮފިސަރުންނަށް ދެއްވައިފި އެވެ.
މެޑަލް ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ސިފައިންގެ ތިން އޮފިސަރަކާއި ފުލުހުންގެ ތިން އޮފިސަރަކަށް ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް
ވޮރެންޓް އޮފިސަ 2 އަބްދުﷲ ސާސަން – އެމްއެންޑީއެފް
ސާޖަންޓް މޭޖަ އަހްމަދު މުޖުތަބާ – އެމްއެންޑީއެފް
ސާޖަންޓް ފަސްޓް ކްލާސް އަހްމަދު އަލީ – އެމްއެންޑީއެފް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް – ޕޮލިސް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ – ޕޮލިސް
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް – ޕޮލިސް
މީގެއިތުރުން ސިފައިންގެއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް ދެ ބޭފުޅަކަށް އަދި ސިފައިންނާއި ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލް 11 ބޭފުޅަކަށް މިރަސްމިއްޔާތުގައި ދެއްވާފައިވެ އެވެ.
ސިފައިންގެ މަތިވެރި ހިދުމަތުގެ މެޑަލް
ކާނަލް ހުސައިން އަލީ
ކާނަލް އަލީ މަނިކު
ސިފައިންގެއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް
ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް
ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހިމް
ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލި
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަޒުހާން
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަމާ އަބްދުއްސައްތާރު
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒްމާ
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ފަސީހު
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒް
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒާހިރު
ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް މުޙައްމަދު
އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ޝިހާމް
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑައްޔާއި، ސިފައިންގެ ހިދުމަތަށް ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑައްޔާއި، ސިފައިންނާއި ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ ޖުލައި 26، 1965 ގައެވެ.




