މިނިވަން ދުވަހާ ގުޅިގެން އައިޖީއެމްއެޗްގެ އޮޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މިއަދު ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ އޮޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މިއަދު ބަންދުވީ ނަމަވެސް މާދަމާ އިން ފެށިގެން އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލްގައި ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތް، ދީނީ ގައުމީ ބައެއް މުނާސަބަތުތަކާ ދިމާކޮށް އެއް ދުވަހަށް ކުރިންވެސް ބަންދުކޮށްފައިވެ އެވެ.




