ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބަންގީގެ އަޑުއިވޭ ގޮތަށް ބަންގި ގޮވަން ފަށައިފި އެވެ.
މިގޮތަށް އަމަލުކުރަން ފެށީ މިއަދުގެ އަސްރު ނަމާދުގެ ބަންގިއާ އެކު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސާ އެގޮތަށް އަމަލުކުރަން މިއަދުގެ އަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
ސަރުކާރުގެ މިނިންމުމަށް ބައެއް އިލްމުވެރިންނާއި ބައެއް އާންމުންވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަ ޓާމިނަލް ވެސް ރޭ ވަނީ ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިން ހުޅުވާފަ އެވެ.




