މަސްވެރިކަމަކީ އިގްތިސާދީ މައި ނާރަށް ހެދުމުގެ މަސައްކަތް ފަށައިފި

މަސްވެރިކަން ރާއްޖޭގެ އިގްތިސާދީ މައި ނާރަށް ހެދުމަށްޓަކައި، ސަރުކާރުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

މިގޮތުން، ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ނިޒާމް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ހާއްސަ މަގާމެއް ހޯދައިދިނުމަށް "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ގައުމީ ބްރޭންޑެއް ތައާރަފްކޮށްފައިވާކަންވެސް ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމަށާއި އެކުއަކަލްޗާ ދާއިރާ ތަރައްގީކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ވެލިއު ޗެއިން ތަރައްގީކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ދިރާސާތައް ކުރުމުގައި އެހީތެރިކަން ލިބޭނެއެވެ. އަދި ރާއްޖޭގެ މެރިކަލްޗާ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *