ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މުހައްމަދު ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުއާ އެކު ކުރިމަތިލެއްވި ވަކީލް އަހުމަދު ނައުޝާދެވެ.

ނައުޝާދު ވަނީ އޭނާ ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ޝަހީދު މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް އަމުރަކަށްވެސް އެދިފަ އެވެ.

ނައުޝާދު ކޯޓަށް ހުށަހެޅި މައްސަަލައިގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަހީދު ސިޔާސީ ކަންކަމުގައި އުޅުއްވާފައިވާތީ އޭނާގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުވާލު އުފެދުމާއި، ޝަހީދުއަށް ވުރެ ގާބިލް ބޭފުޅުން ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައި ވަނިކޮށް އަމިއްލަ ކުންފުންޏެއްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ޝަހީދު ފަނޑިޔާރު ކަމަށް އައްޔަންކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ޝަހީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމާ ހަމައަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވާފަ އެވެ. އަދި ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅުއްވާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *