އާ ޓާމިނަލުން 2،400 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން މިހާތަނަށް 2،400 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ވަނަ ދުވަހުގެ ރޭ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިހާތަނަށް 14 ފްލައިޓަކަށް ހިދުމަތްދީފައިވާ ކަމަށެވެ. އެއީ ޖުމްލަ 2،410 ފަސިންޖަރުން ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އޭގެ ތެރޭގައި ވީއައިއޭ އިން ފުރި 956 ފަސިންޖަރުންނާއި ރާއްޖެ އައި 1،454 ފަސިންޖަރުން ހިމެނެ އެވެ.

އާ ޓާމިނަލްގެ ޑިޕާޗާ ހޯލްގައި 47 ޗެކިން ކައުންޓަރު ހުރެ އެވެ. މީގެ އިތުރުން އަމިއްލައަށް ޗެކިން ކުރެވޭ ހަ ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފަ އެވެ.

އާ ޓާމިނަލްގައި 12 އެއިރޯ ބްރިޖް ހުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *