އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި "ރަން ރީނދޫ"ގެ ނަމުގައި ދުވުމެއް ބާއްވައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި މިއަދު ހަވީރު ބޭއްވި މި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް އާއި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމާއި އެމްޑީޕީ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވި އެވެ.

މި ދުވުމަކީ އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމަައަށް ދަންމަރު ގެންދާނެ އެވެ.

ދުވުން އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *