ފުވައްމުލަކު ހޮސްޕިޓަލްގައި މިމަހުގެ ތެރޭ ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ހޮސްޕިޓަލްގެ އޮފޝަލަކު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ގާއިމުކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހު އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތް 2.9 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ހަވާލުކޮށްފައި އޮތީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށްޓަކައި މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.




