އެފްއައިޔޫގެ ވެރިޔާ އަޝްރަފް ވަކިކޮށްފި

މަރުކަޒީ ބޭންކް — އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އިސްމާއިލް ސާޖިދު އެ މަގާމަށް އައްޔަންކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި ސާޖިދު އެންމެ ފަހުން ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއްގެ ގޮތުގައެވެ.

އަޝްރަފް ބަދަލުކުރީ އެމްއެމްއޭގެ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް ހަދާފައި އޮންނަ ޔުނިޓެކެވެ. ޔުނިޓްގެ ވެރިޔާ އައްޔަންކޮށް، ވަކިކުރަނީ އެމްއެމްއޭގެ ގަވަނަރުނަރެވެ.

އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި ބޭފުޅާ ބަދަލުކޮށްފައި މިވަނީ ޕީއެންސީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކެއް އެފްއައިޔޫ އިން ތަހުގީގުކޮށް އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއްގެ ބައިތަކެއް "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ސޯޝަލްމީޑިއާ އެކައުންޓްތަކުން އާންމުކޮށްފައި ވަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *