ރައީސްގެ ވައުދާ އެއްގޮތަށް ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑުކޮށްފި

ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކޮށް އެ އަދަދަށް އެލަވަންސް ޖަމާކޮށްދޭން ފަށައިފި އެވެ.

ހާފިޒުންނަށް މީގެކުރިން ދެމުން ގެންދިޔައީ ކޮންމެ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެލަވަންސް ދެގުނަ ކުރުމުން ކޮންމެ ހާފިޒަކަށް ކޮންމެ މަހަކު 4،000 ރުފިޔާ ކުރިއަށް ދުވަސްތަކުގައި ލިބޭނެ އެވެ.

ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވައުދު ފުއްދުމުގެ ގޮތުން ހާފިޒުންނަށް ދޭ އެލަވަންސް މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖޫން 24 ވަނަ ދުވަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހާފިޒުން ތަމްރީންކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ ކީރިތި ޤުރުއާނުގެ އިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ކަމަށެވެ. މިކަންކަމަށް ބޭނުންވާ މާލީ ތަނަވަސްކަން އިތުރުކުރުމުގެ ގޮތުން ވަގުފް އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *