މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރީޓީ (މީރާ) ގެ ބޯޑުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ 14 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މީރާގެ ބޯޑުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވަނީ މިމަހުގެ 31 ވަނަ ދުވަހަށެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ މީރާގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ނަންތައް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.
ރައީސް ހުށަހެޅުއްވި ނަންތައް ތަރުތީބުން
މުހައްމަދު އިމްތިނާން ސައުދުﷲ، ފަތިސް / ގދ. ތިނަދޫ
އިސްމާއީލް ހަމްދޫން، ހ. ސިތާރާވާދީ
އާއިޝަތު ޝަޒްރާ، ނިވައިދޮށުގެ / ގދ. ގައްދޫ
އިދުހާމް ހުސައިން، މ. ޖަވާހިރުވާދީ
އުމަރު އަހުމަދު ހުސައިން، މ. ސުހްރާ
މުހައްމަދު އަހުމަދު، ދަފްތަރު ނަންބަރު ރސ. 5204
މުމްތާޒް އަބްދުއްރަޝީދު، މުރިނގު / ހދ. ހަނިމާދޫ
މަރްޔަމް ޖުވައިރިއްޔާ، އުއިގަސްދޮށުގެ / ސ. މީދޫ
އަހުމަދު މައުސޫމް، ވ. މިއަރެސް
އަހުމަދު ނަޒީހު މުހައްމަދު، ތެމާ / ޅ. ހިންނަވަރު
ހުޝާމް ވަހީދު، ގ. މާލެހިޔާ 2 03-15
މަރްޔަމް ޝައްފައު ޝަރީފު، ޒިންދަގީ / ގދ. ތިނަދޫ
އަބްދުﷲ މިފްރާޒް ނިޒާރު، ގ. އޮށްޓަރު
އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 108-ޖީ-01
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލަ ދިރާސާކުރަން އިގުތިސާދީ ކޮމިޓީއަށް ފޮނުވާފަ އެވެ.




