ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފި

މާލެ ސަރަހައްދުން ކަރަންޓް ކެނޑުނުތާ 40 މިނެޓް ތެރޭ ބޮޑު ބަޔަކަށް ކަރަންޓް ދީފި އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލެއަށް ކަރަންޓް ދީ ނިންމާފައިވާ ކަމަށާއި މާލޭގެ ބޮޑު ސަރަހައްދަކަށްވެސް ކަރަންޓް ދީފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓް ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ ކަސްޓަމަރުންގެ ކަންބޮޑުވުންތަކަށް ބަލައިގެން ކުންފުނީގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *