ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުން ގަލްފް އެއާއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އާ ޓާމިނަލުން ގަލްފް އެއާއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ ގަލްފް އެއާގެ ފްލައިޓަށް ވޯޓާ ސެލިއުޓެއް ދީފަ އެވެ.
ބަހްރެއިންގެ ގައުމީ އެއާލައިން — ގަލްފް އެއާއިން ދަނީ ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެ އާއި ލަންކާއާ ދެމެދު ދުވާލަކު އެއް ފްލައިޓް ބާއްވަމުންނެވެ.
ގަލްފް އެއާގެ އިތުރުން ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތްދޭ އެއާލައިންތަކަކީ މޯލްޑިވިއަން، ބިއޯންޑް، އެއާ އަރަބިއާ، ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް އަދި އިންޑިގޯ އެވެ.




