ސިޓީ ހޮޓާ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ކޮންޓެކްޓާ ފައިނޭންސް އުސޫލުން މި ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން މިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނަށް ޝަރުތު ހަމަވާ ތިން ކުންފުންޏަކުން ކުރިމަތިލާފައިނުވާތީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އަލުން އިއުލާނުކުރި އެވެ.

ނަމަވެސް، ހައްޖު ކޯޕަރޭޝަނުން އިއްޔެ ވަނީ އަނެއްކާވެސް މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *