ފްލައިޓް މޫވްމެންޓް 4.6 ޕަސެންޓް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު 4.6 ޕަސެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދަކީ 11،592 އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 11،072 ގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވީއައިއޭގައި ޝެޑިއުލް ފްލައިޓްސް މޫވްމެންޓްގެ އަދަދަކީ 10،637 އެވެ. ޗާޓަރު އަދި ޕްރައިވެޓް ފްލައިޓްތަކުގެ އަދަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 955 ގަ އެވެ.

ޝެޑިއުލް ފްލައިޓްސް މޫވްމެންޓްގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 10،139 ގަ އެވެ. ޗާޓަރު އަދި ޕްރައިވެޓް ފްލައިޓްތަކުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 933 ގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *