ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ރޭސް ކިޓް ދޫކުރަން ފަށައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގެ ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފި އެވެ.

ޑީއެމްއާރްއާރް ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ.

ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ރޭސް ކިޓް ހަވާލުކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ރޭސް ކިޓް ދޫކުރުން މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.

19 އޮކްޓޫބަރުގައި ބިބް ދޫކުރާ ގަޑި
މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
ރޭގަނޑު 8:00 އިން 10:00 އަށް
20 އޮކްޓޫބަރު އިން 22 އޮކްޓޫބަރަށް ބިބް ދޫކުރާ ގަޑި
ހެނދުނު 9:00 އިން މެންދުރު 12:00 އަށް
މެންދުރު 2:00 އިން ހަވީރު 6:00 އަށް
ރޭގަނޑު 8:00 އިން 10:00 އަށް

ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު މިމަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއަހަރުގެ ދުވުމުގައި 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑީއެމްއާރްއާރް 2025 އާ ބެހޭ އިތުރު މައުލޫމާތު ރޯޑް ރޭސް ވެބްސައިޓުން ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *