އުރީދޫ "ފަން ރަން"ގައި ބައިވެރިވުމަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ "ފަން ރަން"ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި މިއަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ ރަންގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕުލެޓްފޯމް މެދުވެރިކޮށެވެ.

ދުވުމުގައި ބައިވެެރިވުމަށް ރަޖިސްޓާ ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫ މޯލްޑިވްސްގެ "ފަން ރަން"ގައި ބައިވެރިވުމަށް އޮތް ހަމައެކަނި ޝަރުތަކީ އުމުރުން ހަ އަހަރު ފުރިފައިވުމެވެ.

އުރީދޫ ފަން ރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީއަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ.

ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 110 ރުފިޔާ އެވެ. އަދި 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *