ފުވައްމުލަކުގައި ޑޮލަރު އޭޓީއެމެއް ހުޅުވައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއް މިއަދު ހުޅުވައިފި އެވެ.

ފުވައްމުލަކުގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަދި ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. ޑޮލަރު އޭޓީއެމްއާއެކު ފުވައްމުލަކުގެ އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ބޭރު ފައިސާ ލިބުން ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބީއެމްއެލް އިން މުޅި ރާއްޖެއަށް ހިދުމަތްދޭއިރު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 260 އޭޓީއެމް ހުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *