ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަޖުވާ ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނުމަށްފަހު ކަމަށެވެ.

ޕެންޝަން އޮފީހުގެ ސީއެފްއޯ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޕެންޝަން އޮފީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ އެކު ހިންގަން ނިންމި ފައިސާގެ މުއާމަލާތަކާ ގުޅިގެން ހުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމުވެސް ވަނީ މަގާމުން އިސްތޮއިފާ ދެއްވާފަ އެވެ.

އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *