ސްޓެލްކޯ އިން ވ. ތިނަދޫއަށް އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.
މިއީ އުމްރާނީ ގޮތުންނާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ވ. ތިނަދޫއަށް އަންނަމުންދާ ތަރައްގީ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދިޔަ ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ވ. ތިނަދޫއަށް ގެންދިޔައީ 600 ކިލޯވޮޓްގެ ޖެންސެޓެކެވެ.
މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ވ. ތިނަދޫގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯ އިން ވަނީ އއ. މަތިވެރި އާއި އއ. އުކުޅަހާއި އއ. ތޮއްޑޫ އާއި އދ. ދިގުރަށުގެ އިތުރުން ކ. ގުރައިދޫއަށްވެސް އިތުރު ޖެންސެޓް ގެންގޮސްފަ އެވެ. މީގެ އިތުރުން ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިން ވިލިމާލެއަށްވެސް އިތުރު ޖެންސެޓެއް ގެންގޮސްފައިވެ އެވެ.




