ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1،904،110 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1،733،680 ފަތުރުވެރިންނަށްވުރެ 9.8 ޕަސެންޓް އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 300،964 ފަތުރުވެރިން
ރަޝިއާ – 239،715 ފަތުުރުވެރިން
އިނގިރޭސިވިލާތް – 169،285 ފަތުުރުވެރިން
ޖަރުމަނު – 142،430 ފަތުުރުވެރިން
އިޓަލީ – 124،593 ފަތުުރުވެރިން
އިންޑިއާ – 109،621 ފަތުުރުވެރިން
އެމެރިކާ – 54،623 ފަތުުރުވެރިން
ފްރާންސް – 46،735 ފަތުުރުވެރިން
ސްޕެއިން – 46،735 ފަތުުރުވެރިން
އޮސްޓްރޭލިއާ – 36،345 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.4 މިލިއަން ފަތުރުވެރިން — 73.7 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 21.5 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 176 ރިސޯޓާއި 935 ގެސްޓްހައުސްގެ އިތުރުން 168 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.




