މޯލްޑިވިއަނުން ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ގައުމީ އެއާލައިން — މޯލްޑިވިއަނުން ށ. ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މޯލްޑިވިއަނުން ބުނީ މާލެ-ފުނަދޫއާ ދެމެދު ހަފުތާއަކު ހަތަރު ދުވަހު ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.

ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފެށީ 2020 ވަނަ އަހަރު އެވެ.

މި ރަށުގައި ހަދާފައިވަނީ ދިގުމިނުގައި 1،200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭ އެކެވެ. މީގެ އިތުރުން 90 މީޓަރުގެ ޓެކްސީ ވޭއަކާއި 50 މީޓަރުގެ އޭޕްރަންއެއްވެސް ވަނީ ހަދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *