ގައުމީ އެއާލައިން — މޯލްޑިވިއަނުން ސްރީލަންކާގެ ކޮލަމްބޯއަށް ހާއްސަ ފެއާއެއް ތައާރަފުކޮށްފި އެވެ.
މޯލްޑިވިއަނުން އަންނަ ޑިސެމްބަރު ހަތެއް އަދި ނުވަ ވަނަ ދުވަހު ކޮލަމްބޯއަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ފެށެނީ 99 ޑޮލަރަށެވެ.
މި ދަތުރުތަކުގައި 35 ކިލޯގެ ބެގޭޖު އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަނުން މިހާރުވެސް އިންޑިއާ އާއި ޗައިނާއަށް ދަތުރުތައް ބާއްވަ އެވެ.
މީގެ އިތުރުން އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގަައި ބަންގްލަދޭޝް އާއި ދެކުނު ކޮރެއާ ހިމެނެ އެވެ.




