ސަބްސިޑީއަށް ކުރި ހޭދަ ތިން ބިލިއަނަށް

ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ADS BY OOREDOO
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް ކުރި ހޭދަ ވަނީ ތިން ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ސަބްސިޑީއަށް މި އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 1.85 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރުގެ މިހާތަނަށް ސަބްސިޑީ ހޭދަ ވަނީ ބަޖެޓަށްވުރެ 161.5 ޕަސެންޓް އިތުރުވެފަ އެވެ.

ސަބްސިޑީއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 3.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ބަޖެޓު ކުރި ވަރަށްވުރެ ސަބްސިޑީ ހޭދަ އިތުރުވެފައިވާއިރު ސަރުކާރުންދޭ ގިނަ ސަބްސިޑީތަކާއި އެހީތައް ކުޑަކުރަން މި އަހަރުގެ ބަޖެޓުގައި ހިމެނި އެވެ.

އެ ގޮތުން ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ އާއި ކާބޯތަކެތި އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ ކުޑަކުރަން ހިމެނި އެވެ. މީގެ އިތުރުން މަސްވެރިންނަށް ދެވޭ ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީގެ އިތުރުން ނަރުދަމާ ސަބްސިޑީވެސް ކުޑަކުރަން ހިމެނި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *