ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ އިއްޔެ އެވެ.

މި ޖަލްސާގައި 2024 ވަނަ އަހަރުގެ އުސްއަލިތަކާއި ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން މުސްތަޤުބަލަށް ރާވާފައިވާ މަޝްރޫއުތަކަށް ވަނީ އަލިއަޅުވާލާފަ އެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓްވެސް ވަނީ މި ޖަލްސާގައި ނެރެފަ އެވެ.

ސްޓެލްކޯ އިން މިދިޔަ އަހަރު ވަނީ ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމާއެކު މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުމުގެ ދިރާސާތައް ކުރުމަށާއި އެކަމާ ގުޅޭ އަމަލީ މަސައްކަތްތައް ފެށުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މީގެ އިތުރުން ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 ގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. އަދި ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ދިރާސާ މަޝްރޫއެއްވެސް މިދިޔަ އަހަރު ފެށި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *