ކ. އަތޮޅަށް 9 ލައްކަ ފަތުރުވެރިން، މިއީ 44 ޕަސެންޓް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު 44.7 ޕަސެންޓް — 900،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ 2،040،846 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތަކުގެ ތަފާސްހިސާބު
ހއ. އަތޮޅު: 14،016 ފަތުރުވެރިން – 0.7 ޕަސެންޓް
ހދ. އަތޮޅު: 5،672 ފަތުރުވެރިން – 0.3 ޕަސެންޓް
ށ. އަތޮޅު: 16،804 ފަތުރުވެރިން – 0.8 ޕަސެންޓް
ނ. އަތޮޅު: 89،936 ފަތުރުވެރިން – 4.4 ޕަސެންޓް
ރ. އަތޮޅު: 161،434 ފަތުރުވެރިން – 7.9 ޕަސެންޓް
ބ. އަތޮޅު: 109،153 ފަތުރުވެރިން – 5.3 ޕަސެންޓް
ޅ. އަތޮޅު: 93،997 ފަތުރުވެރިން – 4.6 ޕަސެންޓް
ކ. އަތޮޅު: 912،813 ފަތުރުވެރިން – 44.7 ޕަސެންޓް
އއ. އަތޮޅު: 136،836 ފަތުރުވެރިން – 6.7 ޕަސެންޓް
އދ. އަތޮޅު: 178،045 ފަތުރުވެރިން – 8.7 ޕަސެންޓް
ވ. އަތޮޅު: 66،234 ފަތުރުވެރިން – 3.2 ޕަސެންޓް
މ. އަތޮޅު: 22،840 ފަތުރުވެރިން – 1.1 ޕަސެންޓް
ފ. އަތޮޅު: 5،969 ފަތުރުވެރިން – 0.3 ޕަސެންޓް
ދ. އަތޮޅު: 97،955 ފަތުރުވެރިން – 4.8 ޕަސެންޓް
ތ. އަތޮޅު: 3،392 ފަތުރުވެރިން – 0.2 ޕަސެންޓް
ލ. އަތޮޅު: 7،061 ފަތުރުވެރިން – 0.3 ޕަސެންޓް
ގއ. އަތޮޅު: 31،729 ފަތުރުވެރިން – 1.6 ޕަސެންޓް
ގދ. އަތޮޅު: 17،329 ފަތުރުވެރިން – 0.8 ޕަސެންޓް
ފުވައްމުލައް ސިޓީ: 7،217 ފަތުރުވެރިން – 0.4 ޕަސެންޓް
ސ. އަތޮޅު: 17،763 ފަތުރުވެރިން – 0.9 ޕަސެންޓް

ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 178 ރިސޯޓާއި 950 ގެސްޓްހައުސް އާއި 167 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ރިސޯޓުތަކުގައި 1،502،326 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 441،175 ފަތުރުވެރިންނެވެ.

ހޮޓާތަކުގައި 52،700 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ޓޫރިސްޓް އުޅަނދުތަކުގައި 42،852 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *