ހުޅުމާލޭގެ ބާ އިންޖީނުގޭގައި މަސައްކަތެއް ކުރަމުން ދަނިކޮށް ކަރަންޓްގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމުގައި ހުރި އަހްމަދު އަޒްމީލް (43 އ) އެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އަޒްމީލް ނިޔާވީ އޭނާއަށް ލިބުނު ޒަހަމުތަކަށް އިތުރު ފަރުވާ ދިނުމަށް ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިހާދިސާ ހިނގާފައިވަނީ ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.




