އޮކްޓޫބަރު ނިމުނުއިރު ރަސްމީ ރިޒާވްގައި 866 މިލިއަން ޑޮލަރު

ރާއްޖޭގެ ރަސްމީ ރިޒާވްގައި މި އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު ހުރީ 866 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވް ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އިތުރުވެފަ އެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 859.5 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް އިތުރުވި ނަމަވެސް ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި އޮކްޓޫބަރުގެ ނިޔަލަށް ވަނީ އިތުރުވެފަ އެވެ. އެ ގޮތުން އޮކްޓޫބަރުގެ ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 789.6 މިލިއަން ޑޮލަރުގަ އެވެ. މި އަދަދު އޭގެ ކުރީ މަހު ހުރީ 781.7 މިލިއަން ޑޮލަރުގަ އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި އޮކްޓޫބަރުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 193 މިލިޔަން ޑޮލަރެވެ. ސެޕްޓެމްބަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 194.4 މިލިޔަން ޑޮލަރު ހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *