ޕީއެސްއައިޕީ ހަރަދު ހަތް ބިލިއަނަށް

ތަރައްގީގެ މަޝްރޫއުތައް — ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 7.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 10.1 ބިލިއަން ރުފިޔާއަށްވުރެ 2.9 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދައުލަތުގެ ބަޖެޓުގައި މި އަހަރު ޕީއެސްއައިޕީއަށް 12.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 3.1 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އެއާޕޯޓް މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައެޅީ 2.3 ބިލިއަން ރުފިޔާ އެވެ.

ބްރިޖު މަޝްރޫއަށް 856.5 މިލިއަން ރުފިޔާ ހަރަދުކުރިިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 402.1 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 164.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ފެނާއި ނަރުދަމާ މަޝްރޫއުތަކަށް ހޭދަކުރީ 270 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ އެކިއެކި މަޝްރޫއުތަކަށް 422.5 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *