ޑީބީއެމްއަށް 10 މެނޭޖަރުން ހޯދަނީ

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް (ޑީބީއެމް) އަށް 10 މެނޭޖަރުން ހޯދަން އިއުލާންކޮށްފި އެވެ.

މީގެއިތުރުން ޑީބީއެމްއަށް ފްރަންޓް އޮފީސް ދެ އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވްއެއް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހަވީރު 5:00 ޖެހުމުގެ ކުރިންނެވެ.

ޑީބީއެމްއަށް ހޯދާ މެނޭޖަރުންނަށް 35،000 ރުފިޔާއާއި 45،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކަށް 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ޑީބީއެމްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި ހުޅުވި ތަނެކެވެ.

ޑީބީއެމް ހުޅުވިތާ އަހަރެއް ވެގެން ދިޔައިރު އެ ބޭންކުގެ އަމަލީ މަސައްކަތްތައް ފަށާފައި ނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އެކަމަކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ ހިދުމަތް ފެށުމަށް ތިން މަރުހަލާއެއްްގައި ކުރަމުންދާ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *